އެމެރިކާގެ ވޮށިންޓަން ގައި ހުންނަ ފުލުހުންގެ މައި މަރުކަޒު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސީދާ ބާރުގެ ދަށަށް ގެނެސްފި އެވެ.
ނޭޝަނަލް ގާޑުންގެ 800 ސިފައިން ފޮނުވައިގެން އެ ގޮތަށް އަމަލުކުރެއްވުމަށް ނިންމެވީ ވޮޝިންޓަންގައި ކުށް ގިނަވެ، ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގަމުންދާތީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވޮޝިންޓަންގައި އަނިޔާވެރި ގޭންގުތަކާއި މުޖުރިމުން ރަސްކަންކުރަމުންދާ ކަމަށާއި އެހެންކަމުން ޓްރަމްޕް ބުނީ ވޮޝިންޓަނުގެ ސަލާމަތަށް އެކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައިވެސް ވޮޝިންޓަނަށް ތަފާތު ފެޑެރަލް އިދާރާތަކުގެ އެތައް ސަތޭކަ އޮފިސަރުންނާއި އޭޖެންޓުން ފޮނުވާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ވޮޝިންޓަންގެ ފުލުހުންގެ އިދާރާ ހިންގަވާނީ އެޓާނީޖެނެރަލް ޕޭމް ބޮންޑައި ކަމަށެވެ.
މީގެ ކުރިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ޓްރަމްޕް ވަނީ ކެލިފޯނިޔާ ސްޓޭޓުގެ ގަވަރުނަރުގެ ހުއްދަ އާއި ނުލައި ލޮސް އެންޖެލިސް އަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުއްވައިފައެވެ.
އެ މައްސަލާގައި މިހާރުވަނީ އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.




