ތޫފާން ޑިޓުވާ އާއި ގުޅިގެން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން އިންޑިއާ ސިލޯނަށް 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ސިލޯނަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމ،ުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ އާއި ބައްދަލުކުރައްވައި އެ ގައުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީ ދޭން އިންޑިއާއިން ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އިންޑިއާއިން ދޭ އެހީގެ ތެރެގައި ހިމެނެނީ ކޮންސެޝަނަލް ލައިންސް އޮފް ކްރެޑިޓްގެ ދަށުން ދޭން 350 މިލިއަން ޑޮލަރާއި، ގްރާންޓްގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.




