ބެންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށްރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކުފައިސާގެ މުއާމަލާތްތައް ކުރެވޭ، 100% ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭފުރުސަތެކެވެ.

​​​ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީswipe.mv މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.

​​​ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައްބޭނުންކުރެވޭނެއެވެ. އެގޮތުން ޕަރސަންޓުޕަރސަން ޓްރާންސްފަރތަކާއިކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށްހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކްފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް،  ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށްއަނބުރާ ފޮނުވޭނެއެވެ.

​​​ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީމިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓިކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކްއޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސްބޭނުންކުރެވޭނެއެވެ.

ސްވައިޕަށް ރެޖިސްޓަރ ކުރާނެ ލިންކް: https://www.swipe.mv/

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *