Advertisement
BML Home 2nd Ad

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ ނިޢުމަތެއް

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَهْلَ الْكِتابِ قَدْ جاءَكُمْ رَسُولُنا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتابِ وَيَعْفُوا عَنْ كَثِيرٍ قَدْ جاءَكُمْ مِنَ اللَّهِ نُورٌ وَكِتابٌ مُبِينٌ (15) يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوانَهُ سُبُلَ السَّلامِ وَيُخْرِجُهُمْ مِنَ الظُّلُماتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلى صِراطٍ مُسْتَقِيمٍ (16) [المائدة، الآيتان: 15، 16] މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް ޢަފޫކުރައްވާ ޙާލު، ހަމަކަށަވަރުން، ތިމަންއިލާހުގެ ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުން ނޫރަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. (15) ﷲ އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.”(16)

Advertisement
Etukuri Inside ad 300x300 Desktop

އެކަލޭގެފާނަކީ ﷲ ތަޢާލާގެ ޙަޟްރަތުން މުއުމިނުތަކުންނަށްވާ ޚާއްޞަ ނިޢުމަތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ﴾ [سورة آل عمران، الآية: 164] މާނައީ: “ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެއިލާހުގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ޠާހިރުކުރައްވާ، އަދި ފޮތާއި ޙިކުމަތް (ސުންނަތް)، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.”

ﷲ ތަޢާލާ ވަނީ އެކަލޭގެފާނު ރައްކާތެރިކުރައްވާފައެވެ. އަދި އެކަލޭގެފާނު ޙިމާޔަތްކުރުމުގެ ޒިންމާވެވޮޑިގެންފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴾ [المائدة، الآية: 67] މާނައީ: އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު ފޯރުކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެއިލާހުގެ ރިސާލަތު ފޯރުކޮށްދެއްވިކަމަކަށް ނުވާނެއެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، ކާފިރުވި މީސްތަކުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.”

އެކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. فَاصْدَعْ بِما تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ (94) إِنَّا كَفَيْناكَ الْمُسْتَهْزِئِينَ (95) الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلهًا آخَرَ فَسَوْفَ يَعْلَمُونَ (96)وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِما يَقُولُونَ (97) فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنَ السَّاجِدِينَ (98) وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ (99)  [الحجر، الآيات: 99– 94] މާނައީ: “ފަހެ، ކަލޭގެފާނަށް އަމުރުކުރެވިގެންވާ ގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ! އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! (94) ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންއިލާހު ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!(95) އެއުރެންނަކީ، ﷲ އާއެކު އެހެން އިލާހަކު ލައި، ޝަރީކުކޮށް އުޅުނު މީހުންނެވެ. ނިކަންހުރެ އެއުރެންނަށް އެނގޭހުށްޓެވެ. (96) ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. (97) ފަހެ، ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ. އަދި ސަޖިދަކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!(98) އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (މަރު (އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ.”(99)

****************

ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان
4- الشفا بتعريف حقوق المصطفى صلى الله عليه وسلم – عياض بن موسى بن عياض اليحصبي أبو الفضل

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add