Ad

ބޭސް ފަރުވާކުރުމުގައި ކަރެކްޝަނުން އިހުމާލުވި މީހެއްގެ އެއް ލޮލުގެ ފެނުން ގެއްލިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި މީހެއްގެ ލޮލުގެ މައްސަލަތަކެއް ދިމާވެގެން، ފަރުވާކުރުމުގައި ކަރެކްޝަނުން އިހުމާލުވެފައިވާކަން ސާބިތުވެ، ބޭސް ފަރުވާކުރުމަށްޓަކައި ކޯޓުން ދޫކޮށްލި މީހެއްގެ ލޮލަށް ނުރައްކާތެރި އިންފެކްޝަނެއް ޖެހިގެން، ކުއްލި ޙާލަތުގައި ރާއްޖޭން ބޭރަށް ފަރުވާއަށް ފުރުވާލައިފިއެވެ. ބަންދުގައި ހުރި މީހާގެ ޤާނޫނީ ވަކީލު ވަނީ އެކަން އިރުވަރު ނޫހަށް ކަށަވަރުކޮށްދީފައެވެ. ޤާނޫނީ ވަކީލު ވިދާޅުވީ، ބަންދުގައި ހުރި  މީހާ ވަގުތީ ގޮތުން ބަންދުން ދޫކޮށްލާފައިވަނީ، ބޭސް ފަރުވާކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިހުމާލުވެގެންކަން މައްސަލަ ބައްލަވާ ގާޒީ އަށް ސާބިތުވެގެންކަމަށާއި، ބަންދުން ދޫކޮށްލި ވަގުތުން ފެށިގެން މިހާރު ލޮލުގެ ބޮޑު އޮޕަރޭޝަނެއްކޮށްފައިވާއިރު، އެލޮލަށް މިހާރު ނުފެންނަކަމަށެވެ. އަދި، މިހާރު ލޯ އިންފެކްޝަންވެގެން އާދަޔާ ޚިލާފަށް ލޯ ރަތްވެ، ދުޅަވެ ފެން އަންނާތީ، އިމެޖެންސީ ޙާލަތުގައި އިންޑިޔާއަށް ފުރާފައިވާކަމަށެވެ.

ބޭސް ފަރުވާކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަމުން އަންނަ އިހުމާލުތަކުގެ ޝަކުވާ ބަންދުގައިތިބޭ މީހުން ކޯޓުގައި ކުރަމުން އަންނައިރު، ބޭސް ފަރުވާގެ ކަންކަމުގައި ބަންދުގައިތިބޭ މީހުން ބަންދުން ދޫވުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނެރެފައިވާ ހަރުކަށި ރޫލިންގ ތަކުގެ ސަބަބުން، ލިބިފައިވާ އިންސާނީ ވަސީލަތްތަކާއެކު ޖަލުގައި ތިބި ޤައިދީންގެ ބޭސް ފަރުވާކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްވަނީ ނުކުޅެދިފައެވެ.

ޖަލުގައި ތިބޭ ޤައިދީންގެ ބޭސްފަރުވާގެ ކަންކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ދައުރު ދެބައިވެ ނިމެންދާއިރު މި ޝަކުވާތައް ވަނީ އެތަށް ގުނައަކަށް އިތުރުވެފައެވެ. ހޯމް މިނިސްޓަރު އިމްރާން ވިދާޅުވަމުން ގެންދަވަނީ މި ދައުރު ނިމުމުގެ ކުރިން ޖަލުގެ މައްސަލަތައްް ހައްލުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *