Ad

ތ. މަޑިފުށީ ފްރެންޑްސް މާރޓް އެއްވަނަ ޤުރުއާން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ތ. މަޑިފުށީ ފްރެންޑްސް މާރޓް އެއްވަނަ ޤުރުއާން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތަކީ ތ. މަޑިފުށި ފްރެންޑްސް މާޓް ފިހާރައިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަދި މިއީ އަމިއްލަފަރާތަކުން އިސްނަގައިގެން ތ. މަދިފުށީގައި ކުރިއަށްގެންދިޔަ ފުރަތަމަ ޤުރުއާން މުބާރާތެވެ.

މިމުބާރާތުގެ މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރްއާން ހިތުދަސް ކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދީ، ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން ކަމަށް މި މުބާރާތް އިންތިޒާމްކުރި ފަރާތުން މައުލޫމާތުދެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 64 ބައިވެރިން ބައިވެރިވިއެވެ. މަޑިފުށީގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމަށްފޯމް ފުރާފައިވާ ރަށްތަކަކީ ތ. ދިޔަމިގިލި، ތ. ގުރައިދޫ، ލ. ކަލައިދޫ، ސ. ހިތަދޫ އިން ބައިވެރިން ފޯމް ފުރާފައިވެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ރަށުން ބޭރުން ބައިވެރިވި ފަރާތްތަކަށްވަނީ މުބާރާތުގައި ކިޔެވުމަށް ހާޒިރުނުވެވިފައެވެ. 64 ބައިވެރިންގެ ތެރެއިން 55 ބައިވެރިން މުބާރާތުގައި ކިޔަވާފައިވެއެވެ.

މި މުބާރާތް ކުރިއަށް ދިޔައީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ހިތުން ކިޔުމުގެ ގޮތްޕެވެ. ކުރިއަށް ގެންދެވުނު އުމުރުފުރާތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 18 އަހަރުން ދަށެވެ.

މުބާރާތުގެ ވަނަތައް ހޮވާފައިވާ ގޮތަށް ބަލާއިރު 6 އަހަރުން ދަށުގެ އުމުރުފުރާއިން ހޮވާފައިވަނީ އެންމެ މޮޅު 10 ބައިވެރިންނެވެ. ނަމަވެސް ދެންހުރި ކޮންމެ އުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. މީގެއިތުރުން މުޅި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާ އަދި ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. އަދި ދެގޮފި އެއްކޮށް މުޅިމުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. ވަނަ ހޮވުމުގައި އެންމެ ދައްވެގެން ބަލާފައިވާ މިންގަނޑަކީ 50 އިންސައްތަ އެވެ. 

6 އަހަރުންދަށުގެ އުމުރުފުރާއިން ނުބަލައި ކިޔުމުގެ ގޮފިން އެންމެ މޮޅު 10 ބައިވެރިން:

އަދުޔާން އިސްމާއިލް މުޙައްމަދު
ޝަނަމް ބިންތު އަޙްމަދު ޒިޔާމް
އައިރާ އަހުމަދު ސައީދު
މަލާކް ބިންތް ހަސީބް
މިސްކު މުޙައްމަދު އާދަމް
ނިކްހާ އަޙްމަދު ޔަޢުޤޫބް
އައިޝަތު ކައިރާ ބިންތް ޢަލީ ސިބާހް
އަލްހާ އަޙްމަދު ސޯލިހް
ނައިރާ ބިންތް އިޤްބާލް މުޙައްމަދު
ޔޫސުފް އަޒްޔާން ބިން އަނީސް އިބްރާހިމް

  • ބަލައިގެން ކިޔުމުގެ ގޮފިން ވަނަތަކަށް ހޮވިފައިވާ ފަރާތްތައް:

9 އަހަރުންދަށް

1 ވަނަ – މަރިޔަމް މާހާ މުނާޒް، 2 ވަނަ – އާމިނަތު އުލްވާ މުޙައްމަދު، 3 ވަނަ – އައިޝަތު ރަޒްނާ އަޙްމަދު

11 އަހަރުންދަށް

1 ވަނަ – އާޔާ މުޙައްމަދު ދީދީ، 2 ވަނަ –  އައިޝަތު ނާޝް ޙަސަން ، 3 ވަނަ – މައުލަފް މުޚްތާރު

13 އަހަރުންދަށް

1 ވަނަ – މުޙައްމަދު ނާވީ ނާސިޙް، 2 ވަނަ – މަރިޔަމް ސުމައްޔާ ރިޒްލީން، 3 ވަނަ – އައިޝަތު ޝިދާ ފަޔާޒް

16 އަހަރުންދަށް

1 ވަނަ – އައިޝަތު ޝަރާ ރިފްޢަތު، 2 ވަނަ – ޖޫދް އަޙްމަދު ޝުޖާޢު، 3 ވަނަ – ފާޠިމަތު ޒަހާ

18 އަހަރުންދަށް

1 ވަނަ – މާޔާ ޙުސައިން ޞަލާޙް، 2 ވަނަ – ނަދުވާ މުޙައްމަދު،

  • ނުބަލައި ކިޔުމުގެ ގޮފިން މުޅިމުބާރާތުން:-

1 ވަނަ – އަދުޔަން އިސްމާޢިލް މުޙައްމަދު، 2 ވަނަ – ޝަނަމް ބިންތް އަޙްމަދު ޒިޔާމް، 3 ވަނަ – އައިރާ އަޙްމަދު ސަޢީދު

  • ބަލައިގެން ކިޔުމުގެ ގޮފިން މުޅިމުބާރާތުން:-

1 ވަނަ – މާޔާ ޙުސައިން ޞަލާޙް، 2 ވަނަ – މުޙައްމަދު ނާވީ ނާސިޙް، 2 ވަނަ – އާޔާ މުޙައްމަދު ދީދީ، 2 ވަނަ – އައިޝަތު ޝަރާ ރިފްޢަތު،

3 ވަނަ ޖޫދް އަޙްމަދު ޝުޖާޢު

  • ދެގޮފި އެއްކޮށް މުޅި މުބާރާތުން:-

1 ވަނަ – މާޔާ ޙުސައިން ޞަލާޙް، 2 ވަނަ – މުޙައްމަދު ނާވީ ނާސިޙް، 2 ވަނަ – އާޔާ މުޙައްމަދު ދީދީ، 2 ވަނަ – އައިޝަތު ޝަރާ ރިފްޢަތު،

3 ވަނަ – ޖޫދް އަޙްމަދު ޝުޖާޢު.

މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައި ދިނުމަށް މަސައްކަތް ކޮށްދެއްވަމުންއަންނަ ފަރާތަކަށް، ފްރެންޑްސް މާޓް ފިހާރައިގެ" ފަރާތުންވަނީ ޚާއްސަ ހަނދާނީ ފިލައެއް ދީފައެވެ. މި ހަނދާނީ ފިލާ ލިބިފައިވަނީ ލ. ގަން ތުނޑީ ، ނޫރާނީއާގެ މަރިޔަމް ދީދީ އަށެވެ.

މުބާރާތުގެ ކޮންމެ ބައިވެރިއަކަށް މުބާރާތަށް ޚާއްސަކުރެވިފައިވާ ގަލަމެއްގެ އިތުރުން ބައިވެރިވި ކަމުގެ ސެޓްފިކެޓް ވަނީ ދީފައެވެ. މީގެއިތުރުން ކޮންމެ ވަނައަކަށް ފައިސާގެ އިނާމާއި ޓްރޮފީ ވަނީ ދީފައެވެ. މިއަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު މި މުބާރާތް ބޭއްވާނެކަމަށް "ފްރެންޑްސް މާޓް ފިހާރައިން" މަޢުލޫމާތު ދެެއެވެ.. އަދި ކުރިއަށްއޮތް މުބާރާތުގެ ޤަވާޢިދު 31 މެއި 2022 ގެ ކުރިން ޢާއްމުކޮށް އަންގާ އިޢުލާން ކުރާނެކަމަށް އެފަރާތުން މައުލޫމާތުދެެެއެވެ.

މުބާރާތުގެ ފަނޑިޔާރުންނަކީ އިސްފަނޑިޔާރު، ޤުރްއާނާބެހޭ މަރުކަޒުގެ އަލްޤާރީ ޙުސައިން ރަޝީދު، ޤުރްއާން މުދައްރިސް ސަންފާ ޢަލި ދީދީގެ އިތުރުން ފަނޑިޔާރު: ޢަރަބި ޓީޗަރ އަޒްލިފާ ޢަބްދުﷲ ޢަޒީޒެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *