Ad

މިފަހަރު އީދު، މާފުށީގައި ހަބޭސްއާއެކު ވަރަށް ހަބޭސް ވާނެ

މިއަހަރުގެ ފިތުރު އީދު އެންމެ ކުލަގަދަކޮށް ފާހަގަ ކުރަން މަސައްކަތް ކުރަނީ މާލެ އަތޮޅު މާފުށީގައެވެ. ހަވާއެރުވުން ފަދަ ފޯރިގަދަ ހަރަކާތްތަކާއެކު އެރަށުގައި އީދު ފާހަގަކުރާއިރު އެންމެން އިންތިޒާރު ކުރަމުންދަނީ އީދު ދުވަހުގެރޭ އޮންނަ ޝޯވއަށެވެ. މި ޝޯވގައި ރާއްޖޭގެ މަޝްހޫރު ފަރާތްތަކުގެ ހުށައެޅުންތައް ފެނިގެންދާނެކަން މާފުށީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. މިގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ސަޕޯޓަރުން ގިނަ ހަބޭސް ބޮޑުބެރު ގްރޫޕްވެސް މާފުށީ އީދު ޝޯވގައި ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޔާރާ ގްރޫޕްގެ ނެށުންތަކާއި، ޞަފްރާ އެންޑް
ފްރެންޑްސްގެ މިއުޒިކްގެ އިތުރުން ޑީޖޭ ބައި އިންމަގެ ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެއެވެ.

މާފުށީގައި ކުރިއަށްދާ ޢީދު ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް އީދު ދުވަހު އެރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މާފުށީ ކައުންސިލުން ދެއްވި ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

އީދުގެ ޚަރަކާތްތައް މާފުށީގައި ފެށިގެންދާނީ ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދުންނެވެ. އަދި ހެނދުނު ދިހަޔަކުން މެންދުރު ފަހު ތިނަކަށް އޮންނާނީ ފެންކުޅި އެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލް ހަރަކާތެކެވެ. އެއަށްފަހު ހަވީރު ހަތަރަކުން އިރުއޮއްސުމާ ހަމައަށް އޮންނާނީ ކުޑަކުދިންގެ ހަވީރެވެ. އީދު ޝޯވ އޮންނާނީ ރޭގަނޑު 8:30 ގައެވެ. މި ޝޯވގެ ތެރެއިން ހަވާއެރުވުން ކުރިއަށްދާނެއެވެ.

އީދު ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މާލެއިން ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް އެދުވަހަށް ހާއްސަކޮށްގެން އިތުރު ދަތުރުތަކެއް ވަނީ ރާވާފައެވެ. އަދި އެރޭ ޝޯ ނިމުމުން މާލެ ދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *