Ad

ކަޕޫރުގެ އާއިލާ އެއްފުރާޅެއްގެ ދަށުން!

ބޮނީ ކަޕޫރާއި އަނިލް ކަޕޫރު އަދި ސަންޖޭ ކަޕޫރުގެ މަންމަ ނިރްމަލް ކަޕޫރަށް 88 އަހަރު ފުރުނުއިރު މުޅި އާއިލާ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ވަނީ އެއްވެފައެވެ.

ސަންޖޭ އޭނާގެ އިންސްޓަގްރާމްގައި އޭނާގެ މަންމަގެ 88 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ނަގާފައިވާ ފޮޓޯ ޕޯސްޓް ކޮށްފައިވާއިރު، އެ ފޮޓޯގައި އަނިލް، ބޯނީ، ޚުދު ސަންޖޭ، މަހީޕް ކަޕޫރު، ޝަނާޔާ ކަޕޫރު، ޚުޝީ ކަޕޫރު، އަންޝުލާ ކަޕޫރު، މޯހިތު މަރްވާ، ސުނީތާ ކަޕޫރު، ރިއާ ކަޕޫރު، ކަރަން ބޫލާނީ އަދި އިތުރު ތަރިން ހިމެނެ އެވެ.

 

ސަންޖޭ އާއި ޚުޝީ ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފޮޓޯތައް ހިއްސާ ކުރިއިރު ޝަނާޔާ ވަނީ ކޭކު ފަޅާ ރަސްމިއްޔާތުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ނަމަވެސް ޖާންވީ ކަޕޫރާއި އަރްޖުން ކަޕޫރަށް މި އުފާފާޅުކުރުމަށް ބައިވެރިވެވޭ ގޮތެއްނުވި އެވެ. އެމީހުންގެ އިތުރުން ސޯނަމް ކަޕޫރު ވެސް އެ ފޮޓޯގައި ނެތްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *