Ad

ދަޑާސާހެބް ފަލްކޭ އެވޯޑް އާޝާ ޕަރޭކްއަށް

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އިއުލާންކޮށްފައިވާ ގޮތުން މިއަހަރުގެ ދަޑާސާހެބް ފަލްކޭ އެވޯޑް ލިބޭނީ ވެޓެރަން ބަތަލާ އާޝާ ޕަރޭކަށެވެ. މި އެވޯޑަކީ އިންޑިއާގެ ސިނަމާގެ ދާއިރާއިން ލިބޭ އެންމެ މަތީ ޝަރަފެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބަތަލާ ޕޫނަމް ދިލޮން ބުނީ މި އެވޯޑް އާޝާއަށް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ އާޝާ ޕަރޭކް ޖީ އަށް މި ހައްގު ޝަރަފު ލިބުމުން.، އޭނާގެ ސީރިއަސް މަސައްކަތާއި، އަދި އަޖައިބު ކުރުވަނިވި ނެށުމާއި ސިނަމާގެ ސަބަބުން ފިލްމީ ސިނާއަތުގައި މި ޚާއްޞަ މަޤާމު ލިބިފައިވޭ. އޭނާ އަކީ އެ އިޙްތިރާމް ޙައްޤުވާ ފަރާތެއް" ކަމަށެވެ.

މީގެ އިތުރުން ޕޫނަމް ދިލޮން ބުނީ މި އެވޯޑް އާޝާއަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ހަމަ ޔަގީނުންވެސް މިފަދަ ޝަރަފުވެރި އެވޯޑެއްގެ ޖޫރީގައި ހިމެނުމަކީ ޝަރަފެއް ކަމަށާއި އެއީ ވެސް އުނދަގޫ މަސައްކަތަކަށް ވެގެން ދިޔަ ކަމެއް. އިންޑިއާގެ ކޮންމެ ހިސާބަކުން ވެސް ގިނަ ހުނަރުތަކެއް އަޅުގަނޑުމެންނަށް ލިބިފައި އޮއްވާ އެތައް ނަންތަކެއް އަންނަނީ" ކަމަށެވެ.

އާޝާ ޕަރޭކް އަކީ މަޝްހޫރު ފިލްމީ ބަތަލާއެެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. އަދި ކުޅަދާނަ އިންޑިއާގެ ކްލާސިކަލް ޑާންސަރެކެވެ. ކުޑަކުދިންގެ އެކްޓަރެއްގެ ގޮތުގައި ކެރިއަރު ފެށި އޭނާ ވަނީ 'ދިލް ދޭކޭ ދޭޚޯ' ގެ ލީޑް ބަތަލާއެއްގެ ގޮތުގައި ތައާރަފްވެ، 95 ވުރެ ގިނަ ފިލްމުގައި އެކްޓްކޮށްފަ އެވެ. 'ކާޓީ ޕަޓަންގް’، 'ޓީސްރީ މަންޒިލް’، 'ލަވް އިން ޓޯކިޔޯ’، 'އާޔާ ސާވާން ޖޫމް ކޭ’، 'އާން މިލޯ ސަޖްނާ' އަދި 'މެރާ ގާއޮން މެރާ ދޭޝް' ފަދަ މަޝްހޫރު ފިލްމުތަކުގައި އޭނާ ވަނީ އެކްޓްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *