Ad

ރާއްޖެ ޕްރޮމޯޓްކުރަން ހޮލީވުޑްގެ ފިލްމެއް ހަދަން ސަރުކާރުން މަސައްކަތް ކުރަނީ

ރާއްޖެ ޕްރޮމޯޓްކުރަން ހޮލީވުޑްގެ ފިލްމެއް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކްރިއޭޓިވް ވިޝަންގެ އަމާޒުތަކަށް ދިއުމުގެ ގޮތުން ރާއްޖެއާ ބެހޭ ގޮތުން ހޮލީވުޑްގެ ފިލްމެއް އުފެއްދިދާނެތޯ ބެލި ކަމަށެވެ.

އެއީ ރާއްޖޭގެ ކްލައިމެޓް، ރާއްޖޭގެ އިންވެސްޓްމަންޓް އިތުރުކޮށް ޖުމްލަ ގޮތެއްގައި މަންފާއެއް ލިބިދާނެ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓަޕް ކުންފުންޏަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބި އެ ބޭފުޅުން ރާއްްޖެ އައިސް ވަރަށް ގިނަ ބަޔަކާ ބައްދަލު ވެސް ކުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހައިބޫ ކިޔާ ކުންފުންޏަކާއެކު އެ ކުންފިނިން ރާއްޖެ އައިސް ދިރާސާތަކެއްކޮށްފަ އެ ބޭފުޅުން ދެވަނަ ވިޒިޓެއް ރާއްޖެއަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *