Ad

ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީގެ ތެރޭގައިވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ވިޓޯލް އިން މަސައްކަތް ކުރާނެ

ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީގެ ތެރޭގައިވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ވިޓޯލް އިން މަސައްކަތް ކުރާނެ ކަމަށް ބުނެފި އެވެ.

ވިޓޯލްގެ ފަރާތުން ވާހަކަދެއްކި މަންދޫބެއް މިހެން ބުނެފައިވަނީ ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.

އިއްޔެ އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިޓޯލްގެ މަންދޫބަކު ބުނީ މިއީ ދިވެހި ސަރުކާރާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި އެކި ކަންކަމުގައި އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ބޭންކިން އިންޑަސްޓްރީގެ ތެރޭގައިވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ވިޓޯލް އިން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ވިޓޯލްގެ މަންދޫބު ވަނީ ބަންކަރިން އިންޑަސްޓްރީގައި އެކުންފުނީގެ ފުޅާ ތަޖުރިބާއަށް އަލިއަޅުވާލައްވައި، އެސްޓީއޯއާއެކު މި އެއްބާރުލުން ދިނުމުން ތިމާވެށްޓާ ރައްޓެހި އަދި ފައިދާހުރި މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އޭނާ ވަނީ ރާއްޖެ ހުންނަ ސަރަހައްދުގެ ސަބަބުން މިފަދަ ހިދުމަތެއް ފެށުމުން ވަރަށް ގިނަގުނަ ފައިދާތައް ލިބޭނެ ކަމަށް ބުނެފަ އެވެ. ތެލުގެ ވިޔަފާރި ބަންކަރިންއަށް ފުޅާކުރުމުން ބޮޑު ފައިދާއެއް ލިބިދާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ބަންކަރިން އިވެންޓް ކަމަށްވާ ސިންގަޕޫރު އިންޓަނޭޝަނަލް ބަންކަރިން ކޮންފަރެންސް (ސިބްކޮން) ގައި އަންނަ މަހު ބާއްވާ ބަންކަރިން މަންޒިލެއްގެ ގޮތުގައި ރާއްޖެ  ޕްރޮމޯޓް ކުރުމަށް ވިޓޯލް އިން ވަނީ ރާވާފަ އެވެ. މި އިވެންޓުގެ ސަބަބުން ރާއްޖެ އަށް މި ދާއިރާގެ ތެރޭގައި އިންވެސްޓަރުންގެ ސަމާލުކަން ލިބިދާނެ ކަމަށް މަންދޫބު ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *