ބޭންކް އޮފް މޯލްޑިވްސް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށްރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކުފައިސާގެ މުއާމަލާތްތައް ކުރެވޭ، 100% ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭފުރުސަތެކެވެ.
ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީswipe.mv މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.
ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައްބޭނުންކުރެވޭނެއެވެ. އެގޮތުން ޕަރސަން–ޓު–ޕަރސަން ޓްރާންސްފަރތަކާއިކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށްހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކްފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށްއަނބުރާ ފޮނުވޭނެއެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީމިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި–ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކްއޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސްބޭނުންކުރެވޭނެއެވެ.
ސްވައިޕަށް ރެޖިސްޓަރ ކުރާނެ ލިންކް: https://www.swipe.mv/