Ad

މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ވިދާޅުނުވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ޤުރުއާނުގެ އާޔަތްތައް ވިދާޅު ނުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ހޯމް މިނިސްޓްރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަދައްކަވަމުން ކީރިތި ޤުރުއާނުގެ އާޔަތެއް ވިދާޅުވާން ފެއްޓެވުމުން އެކަން ހުއްޓުވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅެއް ނޫންކަމަށާއި، އަދި މަޖިލީހުގެ މެމްބަރުންނަކީވެސް ޝެއިހުން ނޫންކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ބައެއް ފަހަރަށް މިހެން ދަންނަވަން މިހެން މިޖެހެނީ، އަޅުގަނޑު ޤުރުއާން ހިތުދަހެއްނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޚަ ކުރެވޭނެ ގޮތެއްނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ، ބައެއް ފަހަރަށް އިއްޒަތްތެރި މެމްބަރުންނަކީ މިތަނުގައި ޝޭހުން މަދު ދީނީ އިލްމުވެރިންނެއްނޫން. އިއްޒަތްތެރި މެމްބަރުންނަކީ އެމަޤަަމަށް ވާހަކަ ދެއްކެވީމާ އަޅުގަނޑަށް ވަރަށްބޮޑު އުދަނގޫ ކަމެއް ދިމާވާތީ އެވާހަކަ ދަންނަވާލީ". ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު މިހެން ވިދާޅުވުމުން ސަލީމް ވިދާޅުވީ، މަޖިލިސް ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ހިތް ޕުޅުގައި ޤުރުއާނާއިމެދު އޮންނަ ޚިލާފްތަކެއްގެ ސަބަބުންކަމަށެވެ. މިކަމަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ މިހެން މި ދެންނެވީ ޤުރުއާނާއި މެދު އޮންނަ ލޯތްބާއި ގަދަރެއްގެ ބޮޑުކަމުން ކަމަށެވެ. އެއީ ޤުރުއާނުގެ މާނަ ނޭނގި އަދި ޤުރުއާން ހިތުދަސް މީހަކު މަޖިލީހުގައި ނެތްއިރު ނުބައިކޮށް ޤުރުއާން ކިޔެވިޔަސް އެކަން ނޭންގޭނެތީކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވާއިރު ޤުރުއާނުގެ މާނަ އެކުލެވޭ ފޮތެއް ކައިރީގައި ބޭއްވުމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *