Ad
މިދިޔަ އަހަރު ބެއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިޞަލް ނަސީމް ވާހަކަދައްކަވަނީ -: ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރު ބެއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިޞަލް ނަސީމް ވާހަކަދައްކަވަނީ -: ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދި 2600 ހުށައެޅުން

ދިގު ރާގަށް ކިޔެވުމުގެ ބައިން ވީޑިއޯ ހުށައެޅި 309 ފަރާތަކާއި އަދި ކުރު ރާގަށް ކިޔެވުމުގެ ބައިން ހުށައެޅި 34 ވީޑިއޯއާއެކު ޖުމްލަ 343 ބައިވެރިއަކަށް ފައިނަލް ބުރުގެ ކިޔެވުމުގެ ފުރުޞަތު ލިބިފައިވޭ

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މިއަހަރުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދި 2593 ފަރާތަކުން ވީޑިއޯ ހުށައަޅާފައި ވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން މިއަހަރު "ވާރޗުއަލް" ކޮށް ބޭއްވޭ މި މުބާރާތުގައި ދިގުރާގަށް ކިޔެވުމުގެ ބައިގައި ބައިވެރިވުމަށް އެދި 195 ފަރާތަކުން ވީޑިއޯ ހުށައަޅާފައި ވާއިރު، ކުރު ރާގަށް ކިޔެވުމުގެ ބައިގައި ބައިވެރިވުމަށް އެދި 2398 ފަރާތަކުން ވީޑިއޯ ހުށައަޅާފައި ވާކަމަށެވެ.

ދިގު ރާގަށް ކިޔެވުމުގެ ބައިން ވީޑިއޯ ހުށައެޅި 309 ފަރާތަކާއި އަދި ކުރު ރާގަށް ކިޔެވުމުގެ ބައިން ހުށައެޅި 34 ވީޑިއޯއާއެކު ޖުމްލަ 343 ބައިވެރިއަކަށް ފައިނަލް ބުރުގެ ކިޔެވުމުގެ ފުރުޞަތު ލިބިފައިވާކަމަށްވެސް، މިނިސްޓަރުގެ މި ޓްވީޓުގައި އިތުރަށް ހާމަކުރަށްވާފައި ވެއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުމުގެ ވީޑިއޯ ހުށައެޅުމުގެ މުއްދަތަކީ މިމަހުގެ 13 އިން 17 އަށް ކަމުގައި މިނިސްޓަރު ވިދާޅުވެފައި ވާއިރު، ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލްއާއި އަދި އެކަމަށް ޚާއްޞަކުރެވިފައިވާ ވައިބަރ ނަމްބަރު މެދުވެރިކޮށްވެސް، ފައިނަލް ބުރުގެ ވީޑިއޯ ހުށައެޅޭނެކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވާއިރު، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައިވެސް ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި އެކު ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވުމަށް ބާރުއެޅުމުގެ ބޭނުމުގައި ދައުލަތުން އަހަރަކު އެއްފަހަރު ޤައުމީ ފެންވަރުގައި ބާއްވަމުން ގެންދާ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *