ފީފާ ކުލަބް ވޯލްޑް ކަޕް ބަޔާންމިއުނިކުން ކާމިޔާބުކޮށްފިއެވެ.
ބަޔާނުން ކުލަބް ވޯލްޑްކަޕް ކާމިޔާބުކުރީ މުބާރާތުގެ ފައިނަލްގައި މެކްސިކޯގެ ޓިގްރެސް 1-0 އިން ބަލިކޮށްގެންނެވެ.
މި މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ކާމިޔާބުކުރީ ޑިފެންޑަރު ޕަވާޑް އެވެ. މި ގޯލް ޖެހުމުގެ ކުރިން ފުރަތަމަ ހާފުގައި ބަޔާންގެ ޑިފެންޑަރު ކިމިޗް ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހުއެވެ.
ބަޔާނުން އެންމެ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި ބަޔާން ވަނީ 2-0 އިން މޮރޮކޯގެ ރަޖާ ކަސަބްލަންކާ ބަލިކޮށްފަ އެވެ. ރޭގެ ކާމިޔާބީއާ އެކު ބަޔާނުން ވަނީ އެއް ސީޒަނެއްގެ ހަ ތަށި އުފުލާލައިގެން 2009 ވަނަ އަހަރު ބާސެލޯނާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފައެވެ.
ބަޔާންގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 68 މެޗުގެ ތެރެއިން 58 މެޗުން ވަނީ މޮޅުވެފަ އެވެ. އަދި 68 މެޗުން ވަނީ 6 ތަށި ކުލަބަށް ކާމިޔާބުކޮށްދީފައެވެ. ފީފާ ކްލަބް ވޯލްޑްކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ އިނގެރޭސި ޗެމްޕިއަން ލިވަޕޫލެވެ.