Ad
MILAN, ITALY - MARCH 03: Franck Kessie of Milan  celebrates with teammate Jens Petter Hauge  after scoring their team's first goal  during the Serie A match between AC Milan  and Udinese Calcio at Stadio Giuseppe Meazza on March 03, 2021 in Milan, Italy. Sporting stadiums around Italy remain under strict restrictions due to the Coronavirus Pandemic as Government social distancing laws prohibit fans inside venues resulting in games being played behind closed doors. (Photo by Marco Luzzani/Getty Images)

އިޓާލިއަން ސެރީއާ: ފަހުވަގުތު ޖެހި ގޯލުން އޭސީ މިލާން ބަލިނުވެ ސަލާމަތްވެއްޖެ

އިޓާލިއަން ސެރީއާގައި ފަހު ވަގުތު އޭސީ މިލާން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އުދިނޭޒީއާ ވާދަކުރި މިމެޗު އެއްވަރުވީ 1-1 ލަނޑުންނެވެ. މިލާންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، އުދިނޭޒީން ގޯލް ޖަހާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައި އެވެ. މިގޯލް ކާމިޔާބުކުރީ ރޮޑްރީގޯ ޑެ ޕައުލް ނަގައިދިން ކޯނަރަކުން ރޮޑްރީގޯ ބެކާއޯއެވެ. މިލާން ބަލިނުވެ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ފްރޭންކް ކެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޕެނަލްޓީއަކުން މިލާން ޖެހި ލަނޑެކެވެ. މިމެޗްފައި އަނިޔާގެ ސަބަބުން ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހަމްވިޗް ނުކުޅެއެވެ.

ލީގު ތާވަލަށް ބަލާއިރު ދެވަނައިގައި އޮތް މިލާނަށް ކުޅުނު 25 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އެއްވަނައިގައި އޮތް އިންޓައަށް ވަނީ 24 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އަދި މިލާނާ އެއްވަރުކުރި އުދިނޭޒީ އޮތީ ތާވަލުގެ 11 ވަނައިގައި 25 މެޗުން 29 ޕޮއިންޓާއެކުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *