Ad

ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއެކު މަސައްކަތްކުރަން ދަތި: ޙަސަން ލަތީފް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރައްވަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި ޙަސަން ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސީ ހަޔާތްޕުޅުން އޭނާ ދޫކޮށް ނުލެއްވޭނެ ކަމަށް ރައީސް ވިދާޅުވެފައިވީނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަސައްކަތް ކުރަން ދަތި ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް އަޅުގަނޑު ދޫކޮށްނުލެއްވުނަސް, 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިޚާބު MDP އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް." ޙަސަން ލަތީފް ވިދާޅުވިއެވެ.

ހަސަންގެ މި ޓުވީޓަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އުފެދުމުގެ ކުރީން އެ ޕާޓީން ބޭއްވި ބައްދަލްވުމެއްގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކުރެއްވި ޓުވީޓެކެވެ. ޙަސަންގެ މި ޓުވީޓާއެކު އޭނާ ވަނީ ރައީސްގެ އެހެން ވިދާޅުވާ ވީޑިއޯވެސް ޓްވީޓް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ދޫކޮށް ނުލެއްވޭނެ ބޭފުޅުން އެބަ ތިއްބެވިކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަން ވިދާޅުވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ ފިރިކަލުންހިމެނެއެވެ.

ޙަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *