Ad

އީދު ފާހަގަކުރަން ނަމޫނާއަކަށް ބަލަންވީ ބ. ކަމަދޫ، ވަރަށް ސަޅި!

ކޮންމެ އަހަރެއްގެވެސް އަޟްޚާ އީދަކީ މުޅި ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ. މިއީދު ފާހަގަކުރެވިފައިވަނީ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުވާ ހަރަކާތެއްގެ ގޮތުގައެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް އެންމެން އެއްކޮށް މަޖާކޮއްލަން ލިބޭ އެންމެ ބޮޑު ފުރުޞަތަކީ ބޮޑު އީދެވެ. ބޮޑު އީދު ފާހަގަކުރުމުގައި ބ. ކަމަދޫއަކީ ނަމޫނާ ރަށެވެ. ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ރަށުގެ ކްލަބް ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން އެރަށުގައި ބޮޑު އީދު ފާހަގަކުރަނީ ވަރަށް ވެސް ކުލަ ގަދަކޮށެވެ. ސަޤާފީ ހަރަކާތްތަކުން މުޅި ރަށް ގުގުމާލާފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަނީ އެންމެން ގުޅިގެން ވަރަށް އެކުވެރި މާހައުލެއްގައެވެ.

އިރުވަރު ނޫހަށް މައުލޫމާތުދެއްވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، މިފަހަރުގެ އީދަށް ރަށުން ބޭރުން ގާތްގަނޑަކަށް ހަތަރު ސަތޭކައެއްހާ މީހުން ޒިޔާރަތް ކުރިކަމަށެވެ. އީދަށް ތައްޔާރުވުމުގެ މަސައްކަތް އީދު އައުމުގެ ފަނަރަ ވަރަކަށް ދުވަސް ކުރިން ފެށިކަމަށާއި ރަށުގައި އީދު ފާހަގަކުރަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ޒަރީރު ވިދާޅުވިއެވެ. އީދުގެ ކުޅިވަރުތައް 7 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ކުރިއަށް ދަނީ އެރަށު ރައްޔިތުންގެ މެދުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކަމަދޫގައި އެންމެ ފޯރީގައި ކުރިއަށްދާ ހަރަކާތްތަކަށް ބަލާއިރު، މިކްސް ދަފިނެގުމާއި މާފަތި، ބަނޑިޔާ، ފަތިގަނޑު އަދި ކުރުދަނޑި ޖެހުން ހިމެނެއެވެ. މީގެއިތުރުން ދެ ޖިންސްގެ ކޯޑި ކުޅިވަރާއި، ދެލިމާލި އަދި ފެންކުޅިއާއި ސްޓޭޖް ޝޯވތަކަކީ ވަރަށް ފޯރިގަދަ ހަރަކާތްތެކެވެ.

ކަމަދޫގެ އީދު ކުޅިވަރުތައް ރާވާލާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭގޮތަށް އީދުގެ އުފަލުގައި އެންމެންނަށްވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *