Ad

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަން 341 މިލިއަން ބަޖެޓްގައި ހިމަނައިފި

ނުކުޅެދޭ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2000 ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކުރަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 43 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރެވިގެން އެލަވަންސް ދިނުމަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް މިއަހަރުގެ ފަހުކޮޅު ބޮޑުކުރައްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ނުކުޅެދޭ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2000 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Thee Hama dhakkaahuvafen riyaasee inthikhaabu kuraa kenpeineh thee mi sarukaarakee raiyyathunah gaumakah heo edhigen ulhey sarukaareh noon verikamah ahareh vaairah bodu kodheyn buni ilavansu riyaasee inthikhaabu gaa bodu kuran ulhumakee jokeh dhogeh heelatheh makareh nikametheennah kuraa malaamaatheh furassaaraeh, misarukaarakee heelaiytheri makaruveri kehiveri dhogu sarukaareh.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *