Ad

މަސްވެރިންގެ ދުވަހާއި ގުޅިގެން އިހަވަންދޫގެ ކުރީގެ މަސްވެރިންނަށް އެވޯޑް ދީފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މަސްވެރި އިހަވަންދޫ" ޖަމްޢިއްޔާއިން އެެރަށު ކުރީގެ މަސްވެރިންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ ދީފިއެވެ.

އެޖަމްއިއްޔާއިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކުރީގެ 15 މަސްވެރިޔަކަށް ވަނީ ހަނދާނީ ފިލަޔާއި ގިފްޓްޕެކް ދީފައެވެ.

"މި ހަރަކާތަކީ މަސްވެރިކަމުގެ ދާއިރާއަށް އަގުނުކުރެވޭވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި އުމުރުފުޅުން 65 އަހަރުފުރި ބަލިޙާލަތު ހުރިގޮތުން މަސްވެރިކަމުން ރިިޓަޔާވެ މިދާއިރާއާއި ދުރުގައި ތިއްބެވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހިންގުނު ހަރަކާތެއް." މަސްވެރި އިހަވަންދޫން ބުނެއެވެ.

ކުރީގެ މަސްވެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ސަޔަކާއެކު އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރީ މިހާރު މަސްވެރިކަމުގައި ހަކަރާތްތެރިވާ ކުޅަދާނަ ކެޔޮޅުންނެވެ.

މަސްވެރި އިހަވަންދޫއަކީ އިހަވަންދޫގައި އެންމެ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެވެ. އެ ޖަމްއިއްޔާ އުފެދިގެން މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި މަސްވެރިންގެ ކުރިއެރުމާއި ރަށުގެ ތެރައްޤީއަށް އެކިއެކި ހަރަކާތްތައް ހިންގާފައިވާކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *