Ad

ސްޕެނިޝް ލަލީގާ: ބާސެލޯނާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ގްރަނާޑާއާއި ވާދަކޮށް 4-0 ލަނޑުން ބާސެލޯނާ ކުރި ހޯދައިފިއެވެ.

މިމެޗްގައި ގޯލްޖެހީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެންޓޮއިން ގްރީޒްމަންއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ޖެހިއެވެ.

ބާސާގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގްރީޒްމަން އެވެ. މިއީ ގްރަނާޑާގެ ރޮބާޓޯ ސޮލްޑާޑޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގްރީޒްމަން ކާމިޔާބު ކުރި ލަނޑެކެވެ. ބާސާގެ ދެވަނަ ލަނޑު ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ މެސީ އެވެ.

މެސީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ބާސާގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ އަށް ގްރަނާޑާގެ ޔާން ބްރައިސް އެޓެކީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކުރި ރީތި ލަނޑެކެވެ.

ބާސާގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގްރީޒްމަން ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު34 ޕޮއިންޓާއެކު ބާސާ ވަނީ ތާވަލްގެ3 ވަނަ އަށް ޖެހިލާފައެވެ. ދެވަނަގައި ވާދަވެރި ރިއާލްމެޑްރިޑް އޮތީ 37 ޕޮއިންޓާއެކުގައެވެ. 38 ޕޮއިންޓާއެކު 1 ވަނައިގައި އޮތީ ބާސާއާއި ރިއާލްއަށްވުރެ ދެ މެޗް މަދުން ކުޅެފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *