Ad

އިންގްލިޝް ޕްރިމިއާ ލީގު: މެންޗެސްޓަރ ޔުނައިޑާއި އެވަޓަން ވާދަކުރި މެޗް އެއްވަރު!

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗް 3-3 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑުގެ އޯލްޑްރަފޮޑް ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފު ޔުނައިޑެޓުން ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެއެވެ. އެޑިންސަން ކަވާނީ މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު ޖެހިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ދެވަނަ ގޯލް ޖެހީ ބްރޫނޯ ފެނާންޑޭސްއެވެ.

ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެވަޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އަބްދުﷲ ޑެކޫރޭ އެވަޓަންގެ ފުރަތަމަ ގޯލު 49 ވަނަ މިނިޓްގައި ޖެހިއިރު އޭގެ ތިން މިނިޓް ފަހުން ޑޮކޫރޭ ދިން ބޯޅައަކުން އެވަޓަން އަށް އެއްވަރުކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް އަލުން ލީޑުނަގައިދީފައިވަނިކޮށް އެވަޓަން އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ޑޮމިނިކް ކަލްވެޓް-ލެވިން ކާމިޔާބުކުރި ގޯލުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *